29 Aug 2011, 15:59
މެންޗެސްޓާ ޔުނައިޓެޑަށް ތައްޓެއް ނުލިބި ހަ އަހަރަށް ވުރެ ދިގު ދެމިގެންދާން ދުވަހަކު ވެސް ބޭނުން ނުވާ ކަމަށް އެކުލަބުގެ ކޯޗް ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
މެންޔޫއަށް ތައްޓެއް ނުދިނުމަށް މަސައްކަތްކުރާ އެއް ކޯޗަކީ އާސެނަލްގެ ކޯޗް އާސެން ވެންގާ ކަން ފާގަސަން ފާހަގަކުރި އެވެ. އެހެން ނަމަވެސް ވެންގާގެ ކޯޗްކަމުގެ ދަށުގައި އާސެނަލް އަށް ތައްޓެއް ހޯދާ ނުދެވޭތާ މިހާރު ހައަހަރު ވެއްޖެއެވެ.
"ކުލަބަށް ހައަރު ތައްޓެއް ނުލިބި ދާކަށް ބޭނުމެއް ނޫން. ވެންގާ މިކަމަށް ހުރަސް އެޅުމަށް ވަރަށް މަސައްކަތް ކުރި. ވެންގާ އާއި އަހަރެންގެ ޚިޔާލު މުޅިން ތަފާތުވާނެ." މެންޔޫގެ ކޯޗް ފާގަސަން ބުންޏެވެ.
އާސެނަލް ދޫކޮށް އެކުލަބުގެ މެދުތެރޭގައި ބޮޑު ދައުރެއް އަދާކުރަމުންދާ ނަސްރީ އާއި ފެބްރިގާސް ކުލަބު ދޫކޮށް ދިއުމުން ވެންގާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެވެ. އާސެނަލްގެ ކޯޗްކަމުން ވެންގާ ދުރު ނުކުރުމަށް ފާގަސަން މީޑިޔާގައި ވާހަކަ ދެއްކި އެކަކީ މެންޔޫގެ ކޯޗް ފާގަސަން އެވެ.
ރޭ ޕްރެމިއާ ލީގުގައި މެންޔޫ އާއި ދެކޮޅަށް ކުޅުނު މެޗު 8-2 ލަނޑުން ބަލިވުމާއި ގުޅިގެން ވެންގާ އަށް ވަނީ އިތުރު ފާޑު ކިއުންތަކަކާއި އަމާޒުވެފަ އެވެ. އާސެނަލުގެ ކޯޗުކަމުން ވެންގާ އިސްތިއުފާ ދިނުމަކީ ވެސް ގާތަކެމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަވާރަސަތޭކަ ނުވަދިހަ ހަ ވަނަ އަހަރު އާސެނަލްގެ ކޯޗްކަމާއި ހަވާލުވި އާސެން ވެންގާ ކުލަބާއި ހަވާލުވި ފަހުން ޕްރެމިއާ ލީގު ހަފަހަރު ކާމިޔާބުކޮށްދީ، އެފްއޭ ކަޕުގެ ތިންތަށީގެ އިތުރުން އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްދީފައިވެ އެވެ.