މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ޝިޔާމް އެ ދަތުރުފުޅުގައި ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން އަލްވަދާއު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނެވެ.

އެމްއެންޑީއެފް އިން ބުނީ "ޗީފް އޮފް ޑިފެންސް ފޯސް، މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެއް" ކަމަށެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އޮންނާނީ މިމަހުގެ 16 އިން 18 އަށެވެ. އެ ކޮންފަރެސްގައި 60 އަށް ވުރެ ގިނަ ގައުމު ތަކުން ބައިވެރިވާނެއެވެ.

މެޖާރ ޖެނެރަލް ޝިޔާމް އެނބުރާ މާލެ ވަޑައިގަންނަވާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.