29 Aug 2011, 14:09
ގޯލް ޖެހުމުގައި ހާއްސަ ވަކި ގޮތްތަކެއް ނުބަހައްޓާ ކަމަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ސްޕެއިން ލީގުގައި ރޭ ރެއާލް ޒަރަގޯޒާ އަތުން ރަށުން ބޭރުގައި 6-0 ލަނޑުން ރެއާލް މޮޅުވި މެޗަށްފަހު، ރޮނާލްޑޯ ބުނީ، ކޮންމެ މެޗެއް ވެސް ކުޅެނީ ގޯލެއް ކާމިޔާބު ކޮށް، ޓީމް މޮޅު ކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި ގޯލް ޖެހުމުގައި ހާއްސަ ވަކި ގޮތެއް ނުގެންގެން ގުޅޭ ކަމަށެވެ. އަދި މިމެޗްގައި ތިން ލަނޑު ޖެހުމުން އުފާވާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފަ އެވެ.
މިދިޔަ ސީޒަނުގައި 53 ލަނޑު ޖެހި ރޮނާލްޑޯ ރޭ ޒަރަގޯޒާ ކޮޅަށް ހެދި ހެޓް ރިކްގެ އިތުރުން ރެއާލްއަށް އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިން ނަކީ، ބްރެޒިލް ޑިފެންޑަރު މާސެލޯ އާއި ސްޕެއިންގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ އަދި ބްރެޒިލްގެ މިޑްފީލްޑަރު ކަކާ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ވިޔަރެއާލްއާ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ.