މާލޭގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލް ކުރިމަތީ ތަރައްގީކޮށްފައިވާ މާގިރި ހޮޓެލް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހަޔަކުން ފެށިގެން މާގިރި ހޮޓެލް އާންމުކޮށް ހުޅުވާލާފައިވާއިރު ހަތަރު ތަރީގެ މިހޮޓެލްގައި ހަތަރު ކެޓަގަރީ އެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ.

  • އެގްޒެކެޓިވް 6 ކޮޓަރި

  • ޖޫނިއާ 6 ސުއިޓް
  • ޕްރެމިއާ 20 ކޮޓަރި
  • އޯޝަން ވިއު 20 ކޮޓަރި

ހުޅުލެ ހުޅުމާލެ ބްރިޖްގެ ރީތި ވިއު އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވިއު އަދި މޫދާއި ކަނޑުގެ ވިއު ފެންނަ ކޮޓަރިތައް ހިމެނޭ މާގިރި ހޮޓެލް އަކީ ޗަމްޕާ ކްރައުމް އަދި ލިލީ ހޮޓެލްސް ގުޅިގެން ތަރައްގީކޮށްފައިވާ ހޮޓަލެކެވެ.

މާގިރި ހޮޓެލް އިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެހޮޓެލްގައި ދެ ރެސްޓޯރެންޓަކާއި ކޮފީ ޝޮޕްއެއް ހުންނާނެއެވެ. 62 މީހުންގެ ޖާގައިގެ ފަރު ރެސްޓޯރެންޓު އަދި 100 މީހުންގެ ޕީކް ރެސްޓޯރެންޓުވެސް އާންމުންނަށް ހުޅުވާލާފައިވާ ކަމަށާއި މާދަމާ ދިވެހިންނަށް ޚާއްސަ ކޮށްގެން ޕީކް ރެސްޓޯރެންޓުގައި ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ ކަމަށް މާގިރި ރެސްޓޯރެންޓުން ބުނެއެވެ.

52 ކޮޓަރި ހިމެނޭ މާގިރި ހޮޓެލް: އެ ހޮޓެލް ރަސްމީކޮށް ހުޅުވީ މިއަދު --- ފޮޓޯ/ މުހައްމަދު އަފްރާހް

އެ ޕްރޮމޯޝަންގެ ދަށުން މާދަމާ ހެނދުނު ސައި 150 ރުފިޔާ އަށް އަދި މެންދުރު ކެއުން 180 އަށް ލިބޭނެއެވެ. މީގެ އިތުރުން އެ ހޮޓަލް ގެ ދެ މީޓިން ރޫމް އާއި ރެސްޓޯރެންޓު އިވެންޓުތަކަށް ދޫކުރާނެ ކަމަށް މާގިރި ރެސްޓޯރެންޓުން ބުންޏެވެ.