12 Apr 2018, 18:11
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ރާއްޖެއިން ބޭރުގެ މަސް ބޯޓެއް ފެނިއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހއ. އުލިގަމާ 17 މޭލު ބޭރުން ބޭރުގެ މަސް ބޯޓެއް ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތު ކޯސްޓް ގާޑަށް ލިބުނީ މިއަދު މެންދުރުފަހު 15:20 އެހައިކަންހާއިރު ކަމަށެވެ.
އެ މައުލޫމާތު ކޯސްޓުގާޑަށް ހިއްސާކުރީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ނުކުމެ އުޅުނު ށ. ކޮމަންޑޫ "ކުރުމަސް" ނަމަކަށް ކިޔާ ދޯނިން ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ބުނީ އެއީ ހާލުގައި ޖެހިފައިވާ އީރާނުގެ މަސް ބޯޓެއް ކަމަށެވެ.
ފަސްދޮޅަސް ފަސް ފޫޓުގެ އެ ބޯޓުގައި ތިބީ އީރާނުގެ ހަ މީހުން ކަމަށާއި އެ މީހުން ހާލުގައި ޖެހުނީ ބޯޓުގެ ހުންގާނު ހަލާކުވެގެން ކަމަށެވެ.