އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުގައި ހިމެނި ސިންގަލްސް އިވެންޓުން ރިހި މެޑަލް ހޯދި މުއީނާ މުހައްމަދާއި ލޯ މެޑަލް ހޯދި ފާތިމަތު ޖުމާނާ ނިމާލުގެ ކާމިޔާބީ ފާހަގަކޮށް އެކުޅުންތެރިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލްގައި ރޭ ބޭއްވި ހަފްލާއެއްގައި މި ކުޅުންތެރިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ރާއްޖޭގެ ކުޅިވަރަށް އަގުހުރި މަސައްކަތް ތަކެއް ކޮށްދެއްވަމުން އަންނަ އަދި މިހާރުވެސް ކުރަމުން އަންނަ ޒާހިރު ނަސީރު )ނޢޢވ( އާއި ކުޅިވަރާ ބެހޭ މިނިސްޓާ ހަސަން ލަތީފެވެ. ހަފްލާގައި ރާއްޖޭގެ ކުޅިވަރަށް ގިނަ ދުވަހު ހިދުމަތްކޮށް ދެއްވި ބޭއްފުޅުންނާއި، އޮލިމްޕިކް ކޮމެޓީ، މިނިސްޓްރީ އަދި ޓީޓީ އެސޯސިއޭޝަން ވެސް ބައިވެރިވި އެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވާދަކުރި އެންމެ "ކުޑަ" ކުޅިވަރަކީ ޓޭބަލް ޓެނިސް ނަމަވެސް މި ފަހަރު ރާއްޖޭން އެންމެ ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ ޓީޓީން އެވެ.

މިއީ ދިވެހި ޓީޓީމަށް އެންމެ ގިނަ މެޑަލް ލިބުނު ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.