11 Apr 2018, 09:40
ފޮޓޯ ޝެއަރިން އެޕްލިކެޝަން އިންސްޓަގްރާމުގެ އާ އަޕްޑޭޓާއެކު ޔޫޒަރުންނަށް އިތުރު ފީޗާސްތައް މިހާރު ލިބޭނެއެވެ.
މި ފީޗާސްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ފޯކަސް ނަމަކަށް ކިޔާ ޕޯޓްރެއިޓް މޯޑް ފީޗާއެވެ. މިއީ އިންސްޓަގްރާމުން ފޮޓޯ ނަގާއިރު، ޕޯޓްރެއިޓް މޯޑުގައި ފޮޓޯ ނަގާލެވޭނެ ފީޗާއެކެވެ. މި ފީޗާ ރިކޯޑު ބަޓަންގެ ދަށުގައި ސުޕަ ޒޫމް އޮޕްޝަން އާ ޖެހިގެން އިންނާނެއެވެ.
މީގެއިތުރުން އައިއޯއެސް ކަސްޓަމަރުންނަށް ހާއްސަ ޓެގް ފީޗާ އެއްވެސް އިންސްޓަގްރާމުގެ އާ އަޕްޑޭޓާއެކު ލިބޭނެއެވެ. އެގޮތުން ސްޓޯރީގައި އެހެން މީހަކު ޓެގް ކުރާއިރު ސްޓިކާއެއްގެ ގޮތުގައި ޓެގް ފެންނާނެ ކަމަށް އިންސްޓަގްރާމުން ބުނެއެވެ.
އިންސްޓަގްރާމުން ބުނީ މި އަޕްޑޭޓުތައް ލިބޭނީ އެންޑްރޮއިޑުގެ ހޮވާލެވިފައިވާ ފޯނުތަކަކަށް ކަމަށާއި އައިފޯޯނު 6 އެސް އިން ފެށިގެން ފަހުގެ ފޯނުތަކަށްވެސް އާ އަޕްޑޭތުތައް ލިބޭނެ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި އެހެން ފޯނުތަކަށްވެސް މި އަޕްޑޭޓު ލިބޭނެ ކަމަށް އިންސްޓަގްރާމުން ބުނެއެވެ.