10 Apr 2018, 18:56
ރާއްޖޭއާ ބެހޭ ތަފާތު މައުލޫމާތު ޑިޖިޓަލްކޮށް އެއްތަނަކުން ލިބޭނެގޮތް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހަދައިފިއެެވެ.
"ސަރުނަ" އިގެ ނަމުގައި އެކުލަވާލައިފައިވާ" ޑިޖިޓަލް ރިޕޯޒިޓަރީ" އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެ ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އެ ވެބްސައިޓްގައި ހިމެނޭ ހުރިހާ މައުލޫމާތުތަކެއް ހިލޭ "އެކްސެސް" ވެވޭނެ ކަަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.
ރާއްޖެއާ ބެހޭ ތަފާތު މައުލޫމާތު ޑިޖިޓަލްކޮށް އެއްތަނަަކުން ލިބޭނެ ޑޭޓާބޭސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ގައުމީ ޔުނިވާސިޓީ
މިއަދު އިފްތިތާހު ކުރި ވެބްސައިޓުން ރާއްޖޭގެ ކިޔަވާ ކުދިންނަށާއި، ދިރާސާ ކުރާ ފަރާތްތަކުގެ އިތުރުން ގައުމުގެ ސަގާފަތާ ގައުމުގެ އިގްތިސާދު އަދި އިޖުތިމާއީ މައުލޫމާތު ލިބެގެންދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.
ވެބްސައިޓުގައި ހިމެނޭ ބައިތަކުގެ ތެރޭގައި، ސްކޭން ކޮށްފައިވާ ފޮތްތަކާއި، އެކަޑެމިކް އާޓިކަލްސްތަކުގެ އިތުރުން ދިވެހި ބަހާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލްސްތައް ވެސް ހިމެނެއެވެ. އަދި ރާއްޖެއާ ގުޅޭ އެކިއެކި ފޮޓޯތަކާ "ޕޮޑްކާސްޓް" ތަކުގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަދާފައިވާ ތީސީސްތަކާއި އަދި ޔުނިވާސިޓީން ނެރޭ މަޖައްލާތައްވެސް ވެބްސައިޓުގައި ފެންނާނެ ގޮތް ވަނީ ހަދައިފައެވެ.