10 Apr 2018, 10:27
މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހަދަން ފެށުމުގެ ސަބަބުން މުދާ އުފުލާ ދޯނިފަހަރަށް މާލޭ ދެކުނު ފަރާތު ފަޅު ބޭނުން މަނާކޮށްފި އެވެ.
ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެސަރަހައްދުގެ ފަޅު ތެރެއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅިގެން ދެކުނު ފަރާތުން ވިލާ ކޮލެޖުގެ ހުޅަނގު ކަނުން ފެށިގެން އިރަށް ގޮސް ޓޯވްޔާޑާ ހަމައަށް، މުދާއުފުލާ އުޅަނދުފަހަރަށް ދޫކުރަމުން ގެންދިޔަ ފަޅު ހުއްދަ މިއަދުން ފެށިގެން ދޫ ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.
އެ އެންގުމާ ޚިލާފުވާ އުޅަނދުފަހަރު ނަގަމުންދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.