10 Apr 2018, 09:12
ދިއްލީ (އޭޕްރިލް 10): އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި ފަރުބަދަމަތީ މަގަކުން ދަތުރުކުރަމުން ދިޔަ ބަހެއް ތިރިއަށް ވެއްޓި، އެބަހުން ދަތުރު ކުރަމުން ދިޔަ 30 މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބަސް ދުއްވަން އިން މީހާ އާއި ދެ ޓީޗަރުން ހިމެނެ އެވެ. އަދި މަރުވި ގިނަ ކުޑަކުދިންނަކީ 10 އަހަރުން ދަށުގެ ކުދިންނެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެބަހަކީ ކަންގްރާ ޑިސްޓްރިކްޓުގެ ވަޒީރު ރާމް ސިންހު ޕަތާނިއާ މެމޯރިއަލް ސްކޫލުގެ 40 ދަރިވަރަކާ އެކު ދަތުރު ކުރަމުންދިޔަ ބަހެކެވެ. އަދި އެހާދިސާގައި އަނިޔާވި 12 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެހާދިސާއާ ގުޅިގެން ހިމާޗަލް ޕްރަދޭޝްގެ ސަރުކާރުން ވަނީ މަރުވި ކުދިންނާއި މީހުންގެ އާއިލާތަކަށް 7،700 ޑޮލަރުގެ ބަދަލު ދޭނެ ކަމަށް ބުނެފައިވެ އެވެ. (ބީބީސީ)