10 Apr 2018, 08:55
އައިފޯނު 7 އަދި އައިފޯނު 7 ޕްލަސްގެ ރަތް ކުލައިގެ ފޯނު ނެރުމާއެކު ބޮޑު ތަރުހީބެއް ލިބުނެވެ. އެކުންފުނިން އިއްޔެ ވަނީ އައިފޯނު 8 ވެސް ރަތް ކުލައިން ނެރެފައެވެ.
އައިފޯނު ރެޑް އަކީ "ޕްރޮޑަކްޓް ރެޑް" އިނިޝިއޭޓިވް އަށް އެހީވުމަށް އެޕަލް އިން ފެށި މަސައްކަތެކެވެ. ރަތް ކުލައިގެ އައިފޯނު ވިއްކައިގެން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް ރެޑް އިން އެޗްއައިވީ/އެއިޑްސް އާ ދެކޮޅަށް އެފްރިކާގެ ގައުމުތަކުގައި ކުރާ މަސައްކަތްތަކަށް ހަދިޔާ ކުރާނެއެވެ.
އެޕަލްގެ ވެބްސައިޓުގައި ބުނެފައިވާގޮތުން އައިފޯނު 8 އަދި 8 ޕްލަސްގެ ރަތް ކުލަ މިމަހުގެ 13 އިން ފެށިގެން އެޕަލްގެ ރީޓެއިލް ފިހާރަތަކުން ލިބޭނެއެވެ.
ރަތްކުލައިގެ ބެކް އަދި ކަޅު ކުލައިގެ މޫނުމަތި ހިމެނޭ މި ފޯނުގެ 64 އަދި 256 ޖީބީ އިން ލިބެން ހުންނާނެއެވެ.

އައިފޯނު އެކްސް އަށް ހާއްސަ ފޯނު ކޭސް---
މީގެ އިތުރުން އެޕަލް އިން ވަނީ އައިފޯނު އެކްސް އަށް ހާއްސަ ރަތް ކުލައިގެ ފޯލްޑެބްލް ލެދާ ކޭސް އެއްވެސް ތައާރަފްކޮށްފައެވެ. އައިފޯނުު އެކްސް ޕޯލިއޯގެ އަގަކީ 99 ޑޮލަރެވެ.
ރެޑް އަށް އެހީވުމަށް އެޕަލް އިން ވަނީ މީގެ ކުރިން އައިފޯނު ކޭސް، އައިޕެޑު ކޭސް ފަދަ އުފެއްދުންތައްވެސް ރަތް ކުލައިން ވިއްކައިފައެވެ.