ހައިރައިޒުން އިންތިޒާމުކޮށްގެން ދޭ ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018 އަށް ދެކުނު އިންޑިއާ ސަރަހައްދުން ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ބެންގަލޫރުގެ ދަ ޗާންސަރީ ޕެވިލިއަން ހަމަޖައްސައިފިއެވެ.

ދަ ޗާންސަރީ ޕެވިލިއަން ހޮޓެލްއަކީ އިންޑިއާގެ "ދަ ޗާންސަރީ" ހޮޓެލް ޗެއިނުން ހިންގާ ހޮޓަލެކެވެ. އެ ޗެއިނުން ހިންގާ ހޮޓަލުތަކަކީ ބެންގަލޫރުގެ ދަ ޗާންސަރީ ހޮޓަލާއި ދަ ޗާންސަރީ ޕެވިލިއަން، އަދި ކަރުނާތަކާ ސްޓޭޓުގެ ބެލްގައުމް ސިޓީގައި ހިންގާ "ނޭޓިވް ބައި ޗާންސަރީ ހޮޓެލްސް"އެވެ.

ސަޓާއަށް ނޮމިނޭޓުވެފައިވާ އިންޑިއާގެ ޕްރޮޕަޓީތަކުގެ ތެރެއިން، ދެކުނު އިންޑިއާއަށް ނިސްބަތްވާ ޕްރޮޕަޓީތަކުގެ އިވެލުއޭޝަންތައް ކުރިއަށް ދާނީ ދަ ޗާންސަރީ ޕެވިލިއަން ހޮޓެލުގައެވެ. މިދިޔަ އަހަރުވެސް ދަ ޗާންސަރީ ޕެވިލިއަން ވަނީ ސަޓާގެ އިންޑިއާ ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

އުތުރު އިންޑިއާގެ އިވެލުއޭޝަންތައް އޮންނާނީ ނިއުދިއްލީގެ އުޑްމަން ބުޓީކް ރިސޯޓުގައެވެ.

ސަޓާގެ އިވެލުއޭޝަންތައް ފަށާނީ ޖޫން މަހުގެ ތެރޭގައެވެ.

ސަޓާ 2018ގެ ރާއްޖޭގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މާލޭގެ މަޝްހޫރު މޫކައި ހޮޓެލް، ކާމް ހޮޓެލް، މޫކައި ސުއީޓްސް އަދި ސަމަރ އައިލެންޑް ރިސޯޓު، އެނބޫދޫ ވިލެޖު އަދި އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ހޮޓެލްސް އެންޑް ރިސޯޓްސްއެވެ.

ސަޓާއެވޯޑުގެ އޮންލައިން ވޯޓިން މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި އޮންލައިން ވޯޓިންއަށްފަހު ޖޫން މަހާއި ޖުލައި މަހުގައި ސަޓާގެ އިވެލުއޭޝަން ކުރއަށް ދާނެއެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް ޝަހަރު މުމްބާއީގައެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެއެވެ. ހައިރައިޒުން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
  • ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން