09 Apr 2018, 17:55
އެއްދުވަސްތެރޭގައި ގިނަ އަދަދެއްކެ ކާގޯ ހޭންޑްލްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާގޯ ހޭންޑްލިންގް ރެކޯޑެއް ހަދައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ އެކަނިވެސް ވީއައިއޭއިން ޖުމްލަ 302 ޓަނުގެ ކާކޯ ހޭންޑަލް ކޮށްފައިވާކަމަށެވެ. އަދި އެއީ އެއްދުވަސް ތެރޭގައި ރިކޯޑެއްކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ވީއައިއޭއިން ހޭންޑުލްކުރި ކާގޯ އަށް ބަލާއިރު 114 ޓަނުގެ ކާގޯ އަކީ ވީއައިއޭއިން އެކްސްޕޯޓްކުރި ކާގޯއެވެ. އަދި 188 ޓަނަކީ އިމްޕޯޓްގެ ގޮތުގައި ވީއައިއޭއިން ހޭންޑުލް ކުރި ކާގޯއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިހާރުވަނީ ރަސްމީކޮށް ފަށައިފައެވެ. އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސް ނިމުމުން މިހާރު ދިމާވާ ޖާގައިގެ ދަތިކަން ހައްލުވެ އަހަރަކު 120،000 ޓަނުގެ އެއާ ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.