ކެނެޑާގެ އައިސް ހޮކީ ޓީމ،ް ހަމްބޯލްޓް ބްރޮންކޯސް ދަތުރުކުރަމުން ދިޔަ ބަހެއް އެކްސިޑެންޓުވުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ހޮކީ ޓީމް ދަތުރުކުރަމުން ދިޔަ ބަސް، ޓްރަކަކާ ޖެހިގެން މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާގައި 15 މީހުން މަރުވެ، 14 މީހުން ވަނީ ޒަހަމްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި 10 ހޮކީ ކުޅުންތެރިން ވެސް ހިމެނެ އެވެ.

"ކެނެޑާގެ ސަސްކެޗްވާންް ޕްރިވިންސްގައި ހިނގި ބަސް އެކްސިޑެންޓްގެ އެތައް ބަޔަކު މަރުވެ އަދި ޒަހަމްވި ހާދިސާގައި އަޅުގަނޑު ވަރަށް ދެރަވި." ރައީސް ޔާމީންގެ މެސެޖުގައިވެ އެވެ.

ކެނެޑާގެ އައިސް ހޮކީ ޓީމް، ހަމްބޯލްޓް ބްރޮންކޯސްގެ ކުޅުންތެރިން. ބަސް އެކްސިޑެންޓްގެ ހާދިސާގައިި އެ ޓީމްގެ 10 ކުޅުންތެރިން ވަނީ މަރުވެފައި--

އެ ހިތާމަވެރި ދަނޑިވަޅު ރާއްޖޭގެ ރައްޔިތުން ކެނެޑާގެ ރައްޔިތުންނާ އެކު ތިބިކަމަަށް ވެސް ރައީސްގެ މަސެޖުގައިވެ އެެވެ. އަދި ބުނީ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށާއި އަދި ޒަހަމްވި ފަރާތްތައް އަވަަހަށް ރަނގަޅުވުމަށް އެދޭ ކަަމަށެެވެ.