މިދިޔަ އަހަރު ސީއެޗްއެސްއީ އިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު މަލްހާ ހޮވިއްޖެ އެވެ.

ޣިޔާސުއްދީން ސްކޫލުގެ ހޯލުގައި ރޭ ނޫން ކުރީރޭ ބޭއްވި ސީއެޗްއެސްއީގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަަކުން ދެވަނަ ހޯދި ދަރިވަރަކަށް މޫސާ މިޖާދު ނުއުމާން ހޮވުނު އިރު ތިންވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ފާތިމަތު ޝާހީން ވަހީދު އެވެެ.

ސީއެޗްއެސްއީ އިން ބުނީ މިދިޔަ އަހަރު އޭލެވެލް އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން 85.2 ޕަސެންޓް ދަރިވަރުން ޔުނިވާސިޓީއަށް ވަދެވޭ ފެންވަރަށް ފާސްވެފައިވާ ކަަމަށެވެ. އަދި ބުނީ މިދިޔަ އަހަރުގެ ރާއްޖޭގެ މަތީ ސާނަވީ ޓޮޕްޓެންގެ 71 ޕަސެންޓަކީ ސީއެޗްއެސްއީގެ ދަރިވަރުން ކަމަށެެވެ.

ސާނަވީ ޓޮޕްޓެންގައި ސީއެޗްއެސްއީގެ 32 ދަރިވަރުން ވަނީ ހިމެނިފަ އެވެ.

މިދިޔަ އަހަރު ސީއެޗްއެސްސީން ހުރިހާ ގޮތަކުން އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނު މޫސާ މިޖާދު ނުއުމާނަަށް އެވޯޑް އަރުވަނީ-- ފޮޓޯ: ސީއެޗްއެސްއީ

ރާއްޖޭގެ މަތީ ސާނަވީ ޓޮޕްއެޗީވާސް އެވޯޑުގައި މާއްދާތަކުން ހަމައެކަނި ފަސް އޭ ސްޓާ ހާސިލްކޮށްފައި ވަނީ ވެސް ސީއެޗްއެސްއީގެ ދަރިވަރުންނެވެެ. އެއީ ޢައިޝަތު ޢަޒްމާއާއި ފާޠިމަތު ސަޢީދާއި މަރްޔަމް މަލްސާ ލިޝާމް އެވެެ.

ކިޔެވުމުގެ އިތުރުން މިދިޔަ އަަހަރު އެކިއެކި ހަރަކާތްތަަކުން ސީއެޗްއެސްއީ އަށް ރަން ވަނަތައް ހާސިލްކޮށް ދިން ދަރިވަރުންނަށް ވެސް ވަނީ އިނާމް އަރުވައިފަ އެވެ.