09 Apr 2018, 10:23
ޖެފް ވާޑްލޯ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ޓްރުތް އޯ ޑެއާ" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ގޮތް ނޭނގޭ ގޭމެއް ކުޅެގެން ދިރިއުޅުން މުޅިން ބަދަލުވެގެންދާ މަންޒަރު ދައްކުވައިދޭ އެ ފިލްމުގެ ތަރީންގެ ތެރޭގައި ލޫސީ ހޭލް، ޓައިލާ ޕޯސީ، ނޯލަން ޖެރާޑް ފަންކް، ވައިލެޓް، ބީން އަދި ސޯފިޔާ ޓެއިލާ އަލީ ހިމެނެއެވެ.
"ޓްރުތް އޯ ޑެއާ" ގޭމް ކުޅެގެން ދިމާވާ ނުރައްކާތެރި ބިރުވެރި ހާދިސާތަކެއް ފިލްމުން ދައްކުވައިދެއެވެ.
ބްލަމް ހައުސް ޕްރޮޑަކްޝަން އިން އުފައްދާފައިވާ އެ ފިލްމުގެ ޖޯންރާ އަކީ ތްރިލާ އަދި ބިރުވެރި އެވެ.
ހުކުރު ދުވަހުގެ ރޭ، މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް "ޓްރުތް އޯ ޑެއާ" އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.