09 Apr 2018, 09:59
ބޮލީވުޑް ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް މި އަހަރު ފަހުކޮޅު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އެ ވާހަކަތައް ރަންވީރު ދޮގުކޮށްފި އެވެ.
އެ ދެތަރިންގެ ކައިވެނީގެ ވާހަކައިގެ އަޑުގަދަވެފައިވާއިރު ރަންވީރު މީޑިއާ އަށް ދިން އިންޓަވިއުއްގައި ބުނީ އެހާ އަވަހަށް ކައިވެނި ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށާއި މި ވަގުތު ދެމީހުންގެ ޝެޑިއުލް ވެސް ވަރަށް ބިޒީ ކަމަށެވެ.
"ކައިވެނި ކުރެވޭނެ ތާރީހެއް މިވަގުތު ނޭނގެ ބުނާކަށް. ކައިވެނި ކުރަން އުޅޭ ނަމަ މީޑިއާތަކަށް ވެސް އަންގާނަން،" އޭނާ ބުނެފައިވެ އެވެ.
ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ.
މައުލޫމާތު: ބިޒް އޭޝިއާ