Back
Nov 23, 2025 SUN
SUN

ސަޓާގެ އިންޑިއާ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް އުޑްމަން ހޮޓެލްސް

ސަޓާގެ އިންޑިއާ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް އުޑްމަން ހޮޓެލްސް
Lead photo

ހައިރައިޒުން އިންތިޒާމުކޮށްގެން ދޭ ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018 އަށް އިންޑިއާގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް އެގައުމުގެ އުޑްމަން ހޮޓެލްސް އެންޑް ރިސޯޓްސް ބައި ފާންސް އެންޑް ޕެޓަލްސް ހަމަޖައްސައިފިއެވެ.

އުޑްމަން ހޮޓެލްސްއަކީ އިންޑިއާގެ "ފާންސް އެންޑް ޕެޓަލްސް" ކުންފުނިން ހިންގާ ހޮޓެލް ޗެއިނެކެވެ. އުޑްމަން ބްރޭންޑުގެ ދަށުން ހިންގަނީ ނިއުދިއްލީގައި ހުންނަ އުޑްމަން ބުޓީކް ރިސޯޓެވެ.

ސަޓާއަށް ނޮމިނޭޓުވެފައިވާ އިންޑިއާގެ ޕްރޮޕަޓީތަކުގެ އިވެލުއޭޝަންތައް ޖޫން މަހު ކުރިއަށް ގެންދާ އިރު، އެމަސައްކަތް ކުރިއަށް ދާނީ ނިއުދިއްލީގެ އުޑްމަން ބުޓީކް ރިސޯޓުގައެވެ.

ސަޓާ 2018ގެ ރާއްޖޭގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މާލޭގެ މަޝްހޫރު މޫކައި ހޮޓެލް، ކާމް ހޮޓެލް، މޫކައި ސުއީޓްސް އަދި ސަމަރ އައިލެންޑް ރިސޯޓު، އެނބޫދޫ ވިލެޖު އަދި އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ހޮޓެލްސް އެންޑް ރިސޯޓްސްއެވެ.

ސަޓާއެވޯޑުގެ އޮންލައިން ވޯޓިން މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި އޮންލައިން ވޯޓިންއަށްފަހު ޖޫން މަހާއި ޖުލައި މަހުގައި ހާއްސަ ޕެނަލް އަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށްގެންދާނެ ކަަމަށް ވެސް ހައިރައިޒުން ބުންނެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް ޝަހަރު މުމްބާއީގައެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެއެވެ. ހައިރައިޒުން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
  • ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics