މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގައި ރޭގެ ޝޯއިން އައިޑަލްގެ ދަތުރު ނިންމާލަން ޖެހުނު ބައިވެރިއަކަށް އަބްދުﷲ މުނާޒް ވެއްޖެއެވެ.

ރޭ ދެއްކި އައިޑަލްގެ އެލިމިނޭޝަން ޝޯގައި ބައިވެރިން ވަނީ "ފުޓްބޯލް ފީވާ" މި ތީމަށްް ފުޓްބޯޅަ އާ ގުޅުންހުރި ފޯރިގަދަ ލަވަތަކެއް ހުށަހަޅައިދީފައެވެ.

ރޭގެ ޝޯގައި ގެސްޓު ޖަޖެއްގެ ގޮތުގައި ލެޖެންޑަލީ ލަވަކިޔުންތެރިޔާ އަބްދުﷲ ރަޝީދު (އަބްސީ) ވެސް ބައިވެރިވިއެވެ.

މުނާޒް ޝޯއަށް އަލްވަދާއު ކީ އިރު ގަދަ ހަތެއް ކަށަވަރު ވީ ބައިވެރިންނަކީ މަރިޔަމް މައީޝާ، އައިޝަތު އަޒަލް، ރައިހާން އާދަމް، ހަސަން ޝަހުދާން، ސައިނާ މުހައްމަދުގެ އިތުރުން ތަސްލީމް އަބްދުލްކަރީމާއި ނައުޝާދު އަބްލުއްލަތީފެވެ.

އަންނަ ހަފްތާ ބަންދުގައިވެސް އައިޑަލްގެ ފޯރިގަދަ ޝޯ އެއް ދައްކާނެއެވެ. ގަދަ ހައެއް ކަށަވަރުވާ ޝޯ އަންނަ ހޮނިހިރު ދުވަހުގެރޭ އޮންނާނެއެވެ.