އަމީނިމިއްޔާ ސްކޫލުގައި ކުރިން ދަރިވަރުންނަށް ކިޔަވަމުން ދިޔަ ބާ އިމާރާތް ތަޅާލައިފިއެވެ.

"ސަން"އަށް އެނގިފައިވާާ ގޮތުގައި ބާ އިމާރާތް ތަޅަމުންދާތާ މިހާރު ހަފުތާއެއްހާ ދުވަސްވެއްޖެއެވެ. އެނގިފައިވާ ގޮތުގައި، ބާ އިމާރާތް ހުރި ބިމުގައި ދެން އަޅަނީ ޓާރފެކެވެ.

ބާ އިމާރާތް ތަޅާލިއިރު، އަމީނިއްޔާ ސްކޫލުގެ ކުރީގެ ހޯލް ހުރި އިމާރާތް މީގެ ކުރިން ތަޅާލައި، އެތަނުގައި ސަރުކާރުން 119 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބުރީގެ އާ އިމާރާތެއް ވަނީ އަޅައިފައެވެ. އަދި މިއަހަރުގެ ކިޔަވައިދޭން ފަށައިފައިވަނީ އެ އާ އިމާރާތުގައެވެ.

އަމީނިއްޔާ ސްކޫލުގެ އާ އިމާރާތުގައި 54 ކްލާސްރޫމް ހުންނަ އިރު އެއީ 1620 ކުދިންގެ ޖާގައިގެ އިމާރާތެކެވެ. އެ އިމާރާތުގައި އޮފީސް ބައިގެ އިތުރުން ލައިބްރަރީ އާއި ކޮމްޕިއުޓާ ލެބް، ލެބޯޓްރީ، އޭވީ ރޫމް ފަދަ ހުރިހާ ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައެވެ.

އާ އިމާރާތާ އެކު އެ ސްކޫލުގައި ކިޔަވަމުންދާ 2،000 އަށް ވުރެ ގިނަ ކުދިންނަށް ކުރިން ކުރިމަތިވަމުން ދިޔަ ޖާގައިގެ ދަތިކަން ވަނީ ހައްލުވެފައެވެ.

އަމީނިއްޔާ ސްކޫލުގައި ގްރޭޑް އެކަކުން އިން 10 އަށް ކިޔަވައިދޭ އިރު 2010 ވަނަ އަހަރާ ހަމައަށް އެ ސްކޫލަކީ ހަމައެކަނި އަންހެން ކުދިން ކިޔެވި ސްކޫލެކެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ފަހުން އަމީނިއްޔާގައި ކިޔަވައިދެނީ އަންހެން ފިރިހެން ދެ ޖިންސު އެއްކޮށްލައިގެންނެވެ