28 Aug 2011, 16:59
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ނ.މާފަރުންނާއި ޏ.ފުވައްމުލަކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އަތޮޅު ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެރޭ ފުލުހުން ހައްޔަރު ކުރީ މާފަރު ފެހިވިލާގެ މުހައްމަދު ނަދީމް 23، ކަމަށެވެ.
ފުލުހުން ބުނީ ނަދީމް ލައިގެން ހުރި ޖީންސްގެ ޖީބުގެ ތެރެއިން 46 ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ވަނީ މިމަހުގެ 25 ވަނަ ދުވަހު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކު 19 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެ ދެ މައްސަލަ ވެސް މަނަދޫ ޕޮލިސް ސްޓޭޝަނާއި ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަހުގީޤް ކުރަމުންވެ.
މީގެ އިތުރުން ވެސް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި 15 ސެލޯފިންކޮޅާއި ހަ މޮބައިލް ފޯނާއެކު ފުވައްމުލަކުން މިމަހުގެ 25 ވަނަ ދުވަހު ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ފުވައްމުލަކުން މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ އެ ރަށު ހޯދަޑު އައްސޭރި މަންޒިލް އަލީ މުހައްމަދު 34، ކަމަށެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ މާރާމާރީ އާއި ވައްކަމުގެ ކުށުގެ ރިކޯޑް އޮންނަ އަލީ މުހައްމަދުގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ދިރިއުޅޭގޭގެ ތެރެއިން ކަމަށެވެ.