ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ ޖުލައި މަހު ފަށާ ކޯސްތަކުގެ ތެރެއިން 88 ކޯހަކަށް 4635 ޖާގަ ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން މިއަދު ނެރުނު ނެރުނު ބަޔާނުގައި ބުނީ ޖުލައި މަހު ފަށާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ސެޓްފިކެޓް ލެވެލް 4، ސެޓްފިކެޓް ލެވެލް 3، އެޑްވާސްންޑް ސެޓްފިކެޓް، ޑިޕްލޮމާ، ބެޗެލަރޒް ޑިގްރީ، މާސްޓާސް ލެވަލްގެ ކޯސްތައް ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި މާލެއާއި، ގދ. ތިނަދޫއާއި، ހދ. ކުޅުދުއްފުއްޓާއި، ލ.ގަމާއި، ގދ. ތިނަދޫއާއި އައްޑޫ ސިޓީގައިވާ ޔުނިވަރސިޓީގެ ކެމްޕަސްތަކުން ހުޅުވާލައިފައިވާ ޖާގަތައްވެސް ހިމެނޭ ކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

  • ފައުންޑޭޝަން ސެޓްފިކެޓް ލެވެލް 4 - 425 ޖާގަ

  • ސެޓުފިކެޓު 3 އަދި އެޑްވާންސް ސެޓުފިކެޓް ލެވެލް - 1200 ޖާގަ
  • ޑިޕްލޮމާ / އެޑްވާންސް ޑިޕްލޮމާ ލެވެލް - 645 ޖާގަ
  • ބެޗެލަރޒް ޑިގްރީގެ - 1960 ޖާގަ
  • މާސްޓާސް ޑިގްރީ - 405 ޖާގަ

އެމްއެންޔޫއިން ބުނީ ކޯސްތަކަށް ޖާގަ ދިނުމުގައި އިސްކަންދޭނީ ކޯސްތަކަށް އެދި ހުށަހަޅާ ފޯމުތަކުގެ ތަރުތީބުން ކަމަށާއި ކޯސްތަކަށް މިމަހުގެ 15 އިން ފެށިގެން ފޯމުބަލައިގަންނާނެ ކަމަށެވެ.

އެމްއެންޔޫގެ ކޯސްތަކާ ބެހޭ މައުލޫމާތު ޔުނިވާސިޓީގެވެބްސައިޓުންނާއިފޭސްބުކް ޕޭޖުންލިބެން ހުންނާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.