04 Apr 2018, 12:28
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (ސްޓީއޯ) އިން މަލްޓި-ކޮމްޕްލެކްސް ބިލްޑިންގްއެއް އަޅަން ނިންމައިފިއެވެ.
އެ އިމާރާތް އަޅަން ހަމަޖެހިފައިވަނީ މާލޭގެ ސިނާއީ ސަރަހައްދުގައެވެ.
އެސްޓީއޯއިން ވަނީ "މަލްޓި-ކޮމްޕްލެކްސް" ބިލްޑިންގެ ޑިޒައިން އަދި މެނޭޖުކުރާނެ ފަރާތެއް ހޯދަން އިއްޔެ އިއުލާނުކޮށްފައެވެ.
އެސްޓީއޯއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން އެ އިމާރާތަކީ 40،000 އަކަ ފޫޓުގެ ބިމެއްގައި އަށް ބުރިޔަށް ހަދާ އިމާރާތެކެވެ. އެ އިމާރާތުގައި ޕާކިން ޒޯނާއި ގިނަ ގުދަންތަކެއްގެ އިތުރުން ކޮންފަރެންސް ހޯލްއެއްވެސް ހުންނާނެކަމަށް އެ އިއުލާނުގައި ވެއެވެ.
މަލްޓި-ކޮމްޕްލެކްސް ބިލްޑިންގެ ޑިޒައިންކުރުމާއި މެނޭޖްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ 15:00 އެވެ.