ޖޯން ކްރަސިންސްކީ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "އަ ކުއައެޓް ޕްލޭސް" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އާއިލާއަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ އެ ފިލްމުގެ ތަރިންނަކީ ޖޯން ކްރަސިންސްކީ، އެމެލީ ބްލަންޓް، ނޯއާ ޖޫޕް އަދި މިލިސެންޓް ސޮމޮންޑްސްއެވެ.

"އަ ގުއައެޓް ޕްލޭސް" އަކީ ތުރިލާ، ހޮރޯ އަދި ސަސްޕެންސް ޖޯންރާގެ ފިލްމެކެވެ.

އެ ފިލްމަކީ ޕަރަނައުޓްސް ޕިކްޗާސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.