04 Apr 2018, 12:56
ބޮލީވުޑްގެ ލެޖެންޑް މަދޫރީ ޑިކްސިޓްގެ މަރާޓީ ފިލްމު "ބަކެޓް ލިސްޓް"ގެ ހިންދީ ވާޝަން ގެނެސްދިނުމަށް ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ހަވާލުވެއްޖެއެވެ.
ކަރަން ޖޯހަރު ކުރި ޓްވީޓްގައި ބުނެފައިވަނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން އެ ފިލްމު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. ތޭޖާސް ވިޖޭ ޑިއޯސްކަރް ޑައިރެކްޓްކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ކަރަން ބުނީ އެ ފިލްމު ހިންދީ އޯޑިއަންސަށް ގެންނަން ލިބުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ. "މިއީ ލިބުނު ފަހުރެއް،" ކަމަށް އޭނާ ބުނެފައިވެއެވެ.
މަދޫރީ ވަނީ ކަރަން ޕްރޮޑިއުސް ކުރާ އެހެން ފިލްމަކަށް ސޮއި ވެސް ކޮށްފައެވެ.
މައުލޫމާތު: އެންޑީޓީވީ