04 Apr 2018, 09:17
މަޝްހޫރު ފިލްމު "ސްޓެޕްއަޕް"ގެ ދެ ތަރިން ކަމަށްވާ ޗެނިން ޓެޓަމް 37، އާއި ޖެނާ ޑިވެން 37، ގެ އަށް އަހަރަށްވުރެ ގިނަ ދުވަސްވީ ކައިވެނި ރޫޅާލާފިއެވެ.
ދެމީހުންގެ ކައިވެނި ރޫޅާލައިފައިވާ ކަން އެ ދެތަރިންގެ ޓްވިޓާ އެކައުންޓްގައި ވެސް ވަނީ ޓްވީޓް ކޮށްފައެވެ.
ހޮލީވުޑްގެ ކާމިޔާބު ދެތަރިންގެ ކައިވެނި ރޫޅާލުމުގެ އެއްވެސް ސަބަބެއް ހާމަކޮށްފައި ނުވާއިރު އެ ދެތަރިންގެ ކައިވެންޏަށް ވަނީ ކުއްޖަކުވެސް ލިބިފައެވެ.
— Channing Tatum (@channingtatum)April 3, 2018
އެ ދެތަރިން ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރުގައެވެ.
"މިއީ ހަމަ ދެ މީހުން މަޝްވަރާ ކޮށްގެން ނިންމި އަމިއްލަ ނިންމުމެއް. އެއްވެސް ކަހަލަ ރުޅިވެރިކަމެއް ވެސް ނެތް. ވަކިވި ނަމަވެސް ކުރިއަތް އޮތް ދުވަސްތަކުގައި ގާތް ރަހުމަތްތެރިންގެ ގޮތުގައި ތިބޭނަން،" އެ ދެތަރިން ގެ ޓްވިޓާ އެކައުންޓަގައި ބުނެފައިވެއެވެ.
މައުލޫމާތު: މެއިލް އޮންލައިން