04 Apr 2018, 00:58
އެލައިޑް އިންޝުއަރެންސްގެ ބިލްޑާސް އިންޝުއަރެންސް ނަގާ މަސީގެ މެންބަރުންނަށް އެއް އަހަރު ވަންދެން 20 ޕަސެންޓު ޑިސްކައުންޓް ދޭން ނިންމައިފިއެވެ.
ބިލްޑާސް އިންޝުއަރެންސްް އާ ގުޅޭގޮތުން މަސީގެ މެންބަރުންނަށް މައުލޫމާތު ދިނުމަށާއި އެފަރާތްތަކުގެ ހިޔާލު ހޯދުމަށް މިރޭ ވަނީ ރޭގަނޑުގެ ކެއުމެއް ބާއްވައިފައެވެ. އެލައިޑުން ބުނީ އެލައިޑު އަދި އެލައިޑުގެ އަޔާދީ ތަކަފޫލް އިން ބިލްޑާސް އިންސުއަރެންސްް ނެގި ނަމަަވެސް 20 ޕަސެންޓު ޑިސްކައުންޓު ލިބޭނެ ކަމަށެވެ.
ބިލްޑާސް އިންޝުއަރެންސްގެ ދަށުން ތިން އިންޝުއަރެންސް ޕެކޭޖެއް ދެއެވެ. އެއީ ބޭސިކް، ބޭސިކް ޕްލަސް އަދި ބިލްޑާސް ޕްރިމިއަމް އެވެ.
ބިލްޑާސް އިންޝުއަރެންސް އާ ގުޅޭގޮތުން އެލައިޑުން ބުނީ އިމާރާތް ކުރާއިރު އިންޝުއަރެންސް ނަގައިގެން މަސައްކަތް ކުރުމަކީ އެލައިޑުގެ އެދުން ކަމަށެވެ.
ބިލްޑާސް އިންޝުއަރެންސް އަށ ގެނައި ބަދަލާއެކު އިންޝުއަރެންސް ޕެކޭޖުތައް ނަގަން ފަސޭހަކަމަށް ކޮންޓްރެކްޓަރުންނާއި އިމާރާތްތަކުގެ ވެރިފަރާތްތަކުންވެސް ފާހަގަކުރާ ކަމަށާއި، މި އިންޝުއަރެންސް އަށް ވެސް ބޮޑު ތަރުހީބެއް ލިބޭކަމަށް އެލައިޑުން ބުނެއެވެ.
ބިލްޑާސް އިންޝުއަރެންސްގެ ދަށުން، އިމާރަތްކުރާއިރު އިމާރާތަށް ލިބޭ ގެއްލުމުގެ ބަދަލުގެ އިތުރުން އިމާރަތްކުރާ ސައިޓަށާއި ބޭނުންކުރާ މެޝިނަރީ އަދި އިކުއިޕްމެންޓަށް ލިބޭ ގެއްލުމުގެ ބަދަލާއި އިމާރަތްކުރާއިރު އެ މަސައްކަތުގައި އުޅޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުވެސް ދޭނެއެވެ.