ރާއްޖޭގެ ޕްރައިވެޓް ކޮލެޖު، ވިލާ ކޮލެޖުން ހިންގި ކޯސްތަކުން 153 ދަރިވަރުން ދަސްވެނިވެއްޖެއެވެ

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި 49 ދަރިވަރުން ޑިގްރީ ހާސިލްކުރިއިރު، 59 ދަރިވަރުން ވަނީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ.

މިއަދު ދަސްވެނިވި ކުދިންގެ ތެރެއިން 49 ދަރިވަރުންނަކީ ރަށްރަށުގެ ކެމްޕަސްތަކުން ދަސްވެނިވި ދަރިވަރުންނެވެ.

ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- މުހައްމަދު އަފުރާހު

މިއަދު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުން ހިންގި އެކި ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލު ކުރި ފަސްް ދަރިވަރަކަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ދެއްވާ އެކްސެލެންސް އެވޯޑް ވަނީ އަރުވާފައެވެ.

  • ބެޗަލާ އޮފް ޓީޗިން - ހަދީޖާ ރައިނާ މުހައްމަދު

  • މާސްޓަސް އޮފް ޝަރީއާ - އަބްުދުﷲ ރާބިއު، އަލީ އަހްމަދު އަދި ޚަދީޖާ ލީޒާ
  • ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ - އަހުމަދު ނިމާލް ޖުނައިދު

ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- މުހައްމަދު އަފުރާހު

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހްމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން ރާއްޖޭގެ ތައުލީމީ ހަޔާތުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދައިފައިވާ ކަމަށާއި އަދި އެކާމިޔާބީގައި އަސްލު ކުލަ ޖެއްސުމަކީ ދަރިވަރުންގެ ޒިންމާއެއް ކަމަށެވެ.

އަދި ވިދާޅުވީ ކިޔެވުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެގޮތުގައި ސާބިތުވެ ތިބެންޖެހޭ ކަމަށެވެ.