ވެޓެރަންސް ކަޕްގެ ސެމީ ފައިނަލުގެ ތިންވަނަ މެޗުގައި ނިއު އާއި ވާދަކޮށް 2-1 ލަނޑުން މެޗް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ވިކްޓަރީގެ މުހައްމަދު ނަޒީހު ވަނީ ނިއުގެ ގޯލު ހުޅުވައިދީފަ އެވެ. އޭގެ ދިހަ މިނެޓު ފަހުން ވިކްޓަރީގެ އިބްރާހިމް ޝަރީފް ވަނީ ވިކްޓަރީ އަށް ދެލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-1 ލަނޑުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ނިއުއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އެޓީމުގެ ގޯލު ފެނުނީ މެޗުގެ 46 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ނިއުއަށް މިޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކެޕްޓަން އިބްރާހިމް ރަޝީދު (އަންދަރޭ) އެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-1 ލަނޑުން ވިކްޓަރީ ކުރީގައި އޮތުމުން އެޓީމުވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ.

ވެޓަރެންސް ކަޕު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިޔާއާ ދެކޮޅަށް ވިކްޓަރީ ނުކުންނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:35 ގައެވެ. މިމެޗް ކުޅޭނީ ޓާފް އެއް ނަންބަރު ދަނޑުގައެވެ.