03 Apr 2018, 11:24
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
މިއަދު މެންދުރު 1:15 އަށް ފުލުސް އޮފީހަށް ހާޒިރުވާން ފައިސަލް އަށް އަންގާފައިވާއިރު އޭނާ ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވެސް ތިއްބެވިއެވެ.
މީގެ ތެރެއިން އަލީ ނަޒީރާއި އިންތި އަދި އަމީތު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފައެވެ. އަދި އެ ބޭފުޅުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.