03 Apr 2018, 13:30
މަޝްހޫރު ޓީވީ ސީރީޒް "ދަ އޮރިޖިނަލްސް" އަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ސީރީޒް އެކެވެ.
އެ ސީރީޒްގެ ފަހު ސީޒަން މި މަހު 18 ގައި ދެއްކުމަށް ހަމަޖެހިއްޖެއެވެ.
"ދަ ސީ ޑަބްލިއު ޓެލެވިޒަން ނެޓްވޯކް" އިން ގެނެސްދެމުން އަންނަ އެ ސީރީޒްގެ ކާމިޔާބު ހަތަރު ސީޒަން އެއް ވަނީ ދައްކާލާފައެވެ.
ސީރީޒް އިން ފެނިގެންދާ ބައެއް ތަރިންގެ ތެރޭގައި ޖޯސެފް މޯގަން، ފީބީ ޓޮންކިން، ޑެނިއަލް ގިލީސް، ޗާލްސް މައިކަލް، ޑެނިއަލް ކޭމްޕްބެލް ހިމެނެއެވެ.
No need to wait forever. The final season of#TheOriginalsbegins Wednesday, April 18 at 9/8c on The CW!pic.twitter.com/NVI7Veyhn7
— The Originals (@cworiginals)April 2, 2018
ވެމްޕަޔަރުން ތަކެއްގެ ދިރިއުޅުން ވެސް ފެނިގެންދާ އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް ދައްކާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
"މިއީ ހަމަ ފެމިލީ އެއް. ވަރަށް މަޖާ ކަންތައްތައް ހުންނާނެ ދިމާވެފައި. ހަނދާން ނައްތާލަން ދަތި ވާނެ. އުންމީދު ކުރަން ފަހު ސީޒަން ވެސް ބެލުންތެރިންނަށް ކަމުދާނެ ކަމަށް،" ފިލްމުގެ ކާސްޓުން ބުންޏެވެ.
މައުލޫމާތު: ހޮލީވުޑް ލައިފް