03 Apr 2018, 08:53
މަލެޔާލަމް ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ބަތަލު ނީރަޖް މާދަވް ކައިވެނިކޮށްފިއެވެ.
ނީރަޖް ކައިވެނިކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ދީޕްތީ އާ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ނީރަޖް އާ ދީޕްތީ އެންގޭޖްވެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގައި ކަމަށެވެ.
އެ ދެމީހުންގެ ކައިވެނި ހަފްލާ އަށް އާއިލާ އާއި ގާތް ރަހުމަތްތެރިން ވަނީ ބައިވެރިވެފައެވެ.
އުމުރުން 27 އަހަރުގެ ބަތަލު ފިލްމީ ދާއިރާ އަށް ނުކުތީ 2013 ވަނަ އަހަރު ނުކުތް ފިލްމު "ބަޑީ" އިންނެވެ.
ނީރަޖް އަކީ އެކްޓަރެއްގެ އިތުރުން ކޮރެއޮގްރާފް އެއްވެސް މެއެވެ. އަދި ހުނަރު ވެރި ސްކްރީން ރައިޓަރެއް ވެސް މެއެވެ. ނީރަޖް ވަނީ އޭނާގެ އަމިއްލަ އުފެއްދުމަކަށް ފިލްމެއްވެސް ތައްޔާރުކޮށްފައެވެ.
މައުލޫމާތު: ދަ ނިއުސް މިނެޓް