02 Apr 2018, 23:08
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން 03 އޭޕްރީލް 2018 އިން ފެށިގެން އެ ކުންފުނިން ބާޒާރުގައި ވިއްކާ ޑީސަލްގެ އަގު، ލީޓަރަކުން 20 ލާރި ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
މިދިޔަ މާރޗް މަހުގެ 7 ވަނަ ދުވަހު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 20 އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށްފައެވެ.
މިއަދާ ހަމައަށް އެސްޓީއޯއިން ޑީސަލް ވިއްކަމުން ދިޔައީ 10.21 ރުފިޔާއަށް ލީޓެރެކެވެ. ނަމަވެސް މާދަމައިން ފެށިގެން އަގަށް ގެނައި ބަދަލާއެކު ދެން ޑީސަލް ލީޓަރެއް ލިބޭނީ، 10.41 ރުފިޔާއަށެވެ.
ގާތްގަނޑަކަށް މަސްދުވަސް ފަހުން، ޑީސަލްގެ އަގަށް ބަދަލުގެނެސްފައި މިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ.