ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި އަދި ނޯބަލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ ނެލްސަން މަންޑޭލާގެ ކުރީގެ އަނބިކަަނބަލުން ވިނީ މަންޑޭލާ އަވަހާރަވެެއްޖެއެވެ.

ވިނީ އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 81 އަހަރެވެ.

ވިނީގެ އާއިލާގެ ސްޕޯކްސްޕާސަން ވިކްޓާ ޑުލަމީނީ ވިދާޅުވީ ވިނީ އަވަހާރަވީ ވަރަށް ގިނަދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުަމަށްފަހު ކަމަށާއި އަދި މިއަހަރު ފެށުނުއިރުވެސް ދޭތެރެ ދޭތެރެއިން ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ.

"އެކަމަނާ އަވަހާރަވި މެންދުރުގެ ކުރީކޮޅު." ވިކްޓާ ވިދާޅުވިއެވެ.

ވިނީ އުފަންވެވަޑައިގެންނެވީ 1936 ވަނަ އަހަރު ދެކުނު އެފްރިކާގެ އީސްޓާން ކޭޕްއަށެވެ. މަންޑޭލާއާ ބައްދަލުވެވެޑައިގެންނެވި އިރު އެކަމަނާ މަސަައްކަތްކުަރައްވަމުން ގެންދެވީ ސޯޝަލް ވޯކަރެއްގެ ގޮތުގައެވެ.

ވިނީ ވަނީ މަންޑޭލާއާއެކު 38 އަހަރުވަންދެން ކައިވެނި ބައްލަވައިގެން އުޅުއްވުމަށް ފަހު ވަރިވެވަޑައިގެންފައެވެ. އެކަމަނާގެ ކައިވެނީގެ 38 އަހަރުދުވަހުގެ ތެރޭގައި، މަންޑޭލާ ވަނީ 30 އަހަރު ޖަލުގައި ހޭދަކުރައްވައިފައެވެ.