ފްރާންސްގެ މޮނާކޯ ފޯވާޑް ޕާކް ޗޫ ޔަންގު އާސެނަލާ އެކު މެޑިކަލުގައި ބައިވެރިވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަމުން އެބަދެ އެވެ.

އުމުރުން 26 އަހަރުގެ ސައުތު ކޮރެޔާ ކެޕްޓަން ޕާކު ފްރާންސްގެ ލިލޭއާ އެކު ވެސް ދާދިފަހުން މެޑިކަލުގައި ބައިވެރިވެފައިވީ ނަމަވެސް މިހާރު އޭނާގެ މަންޒިލަކީ އާސެނަލްކަން މި ރިޕޯޓުތަކުން ހާމަވެގެން ދެ އެވެ. ލިލޭއާ އެކު މެޑިކަލުގައި ބައިވެރިވެފައިވާކަމުގެ ޔަގީންކަން އެކުލަބުގެ ރައީސް މިޝެލް ޝޭޑޫޒް ދީފައިވެ އެވެ.

"މެޑިކަލަށް ފަހު އަހަރެމެން ޕާކާއި ވާހަކަ ދައްކަން މަސައްކަތްކުރިން. އެކަމަކު އޭނާއަށް އަހަރެމެންނާއި ފޯނުން ވާހަކަ ދެއްކޭގޮތެއް އަދި ނުވޭ. ވާހަކަތަކުން އެނގޭ ގޮތުގައި އޭނާ ހުރީ އާސެނަލާއެކު. އަހަރެމެންނާ އެކު މޮނާކޯއާ އެއްބަސްވުމަކަށް ވެސް އާދެވުނު." ލިލޭގެ ރައީސް މިޝެލް ޝޭޑޫޒް ބުންޏެވެ.

އާސެނަލްއިން ޕާކަށް ހުށަހަޅާފައިވާ އަގަކީ 10 މިލިޔަން ޕައުންޑްކަމަށް ރިޕޯޓްތަކުން ބުނަމުންދާދެ އެވެ. ލިލޭ އިން އެޑެން ހެޒާން 35 މިލިޔަން ޔޫރޯއަށް ހޯދުމަށް މަސައްކަތްކުރާ ކަމަށް ފްރާންސުގެ ނޫސްތަކުން ނެރެމުންދާ ރިޕޯޓްތަކުން ބުނެ އެވެ. ސައުތު ކޮރެޔާގެ އެފްސީ ސޯލް އިން 2008 ވަނަ އަހަރު މޮނާކޯއަށް ބަދަލުވި ޕާކު ވަނީ 91 މެޗުން 25 ލަނޑު ކާމިޔާބުކޮށްފަ އެވެ.