02 Apr 2018, 11:38
އެމެރިކާއިން ޗައިނާއަށް އެތެރެކުރާ 128 ބާވަތެއްގެ މުދަލަކުން އިމްޕޯޓު ޑިއުޓީ ބޮޑުކޮށްފިއެވެ. މިބާވަތްތަކުން ޑިއުޓީ ނަގާނީ 25 ޕަސެންޓާ ހަމައަށެވެ.
އިމްޕޯޓު ޑިއުޓީ ބޮޑުކުރާ ބާވަތްތަކުގެ ތެރޭގައި ރަލާއި އޫރުމަހުގެ އިތުރުން ބަދަނާއި މޭވާ ހިމެނެއެވެ.
އެމެރިކާގެ އުފެއްދުންތަކުގެ ތެރެއިން ޗައިނާއަށް އެތެރެކުރާ 128 ބާވަތަކުން ޑިއުޓީ ބޮޑުކޮށްފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އެލުމެނަމް އަދި ދަގަނޑުގެ އުފެއްދުންތަކުން ޑިއުޓީ ނަގަން ފަށާފައި ވަނިކޮށެވެ.
ޗައިނާގެ އުފެއްދުންތަކުން އިތުރު ޑިއުޓީތަނެއް ނަގާނެކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެގައުމަށް ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް 25 ޕަސަންޓާ ހަމައަށް (ގާތްގަނޑަކަށް 60 ބިލިޔަން ޑޮލަރާ ހަމައަށް) ޓެރިފް ބޮޑުކޮށް ޗައިނާގައި އެމެރިކާއިން ކުރާ އިންވެސްޓްމެންޓްތައް ލިމިޓުކުރުމަށް އެގައުމުގެ ރައީސް ޑޮލަންޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ.
މި ނިންމުން ނިންމީ ޗައިނާގައި އެމެރިކާގެ ވިޔަފާރިތަކާމެދު ކަންކުރާގޮތާ ނުރުހިގެންނެވެ. މި ނިންމުމާއެކު ް މި ދެގައުމުގެ ދެމެދު ވަނީ އިއުލާނުކޮށްފައެވެ. ވިޔަފާރީގެ ހަނގުރާމައަކީ ރަނގަޅު ކަމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.