02 Apr 2018, 12:33
އަންނަ މަހުގެ 19 ވަނަ ދުވަހަކީ ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ކައިވެނި ކުރާ ދުވަހެވެ. އެ ކައިވެންޏާ ގުޅޭ އެކި ކަންތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު މި ކައިވެނި ޒީނަތްތެރި ކުރާނީ ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއަށް އެންމެ ކަމުދާ މާމެލާމެލިން ކަމަށް އެންމެ ފަހުގެ ހަބަރުތައް ބުނެ އެވެ.
ކައިވެނީގެ ކަންތައް ކުރިއަށް ދާނީ ސެއިންޓް ޖޯޖުގެ ވިންޑްސާ ކާސްލްގަ އެވެ. ކައިވެނީގެ ރަސްމިއްޔާތު ޒީނަތްތެރިކުރާނީ އިނގިރޭސިވިލާތުގެ ފްލޮރިސްޓު ފިލިޕާ ކްރެޑޮކްއާ އެވެ. ކައިވެނީގެ ހަފްލާގައި ބޭނުންކުރާނެ މާތަކަކީ ޝާހީ ގަނޑުވަރުތަކުގެ ބަގީޗާގައި ހައްދާ މާމެލާމެއްޔެވެ.
ހަބަރުތައް ބުނާ ގޮތުން ޝާހީ ކައިވެނީގެ ހަފްލާގައި ބޭނުންކުރާނެ މާމެލާމެލީގެ ތެރޭގައި ޕިއޯނީ، ވައިޓް ގާޑެން ރޯސް، ފޮކްސްގްލޯވްސް ފަދަ މާ ހިމެނެ އެވެ.
ޕިއޯނީސް އަކީ މޭގަން މާކަލް އަށް ވެސް ކަމުދާ މަލެއްކަމަށް ހަބަރުތައް ބުނެ އެވެ. "ވައިލްޑް އެންޑް ނެޗުރަލް" ތީމް އަކަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ހަފްލާގެ ތައްޔާރީތައް މިހާރު ބާރަށް ކުރިއަށްދާ އިރު ކައިވެނީގެ ހފްލާގައި މޭގަން ތުރުކުރައްވާނީ ބައި މިލިއަން ޑޮލަރުގެ އަގުހުރި ހެދުމެކެވެ.