02 Apr 2018, 09:19
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅު ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް ޓަކައި އައިޖީއެމްއެޗަށް ގެނައިސްފި އެވެ.
މިއަދު ހެނދުނު 8:30 އެހާކަންހާއިރު ކާނަލް ނާޒިމް އައިޖީއެމްއެޗަށް ގެނައިސްފައިވާ އިރު ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އޭނާގެ ބައެއް ޓެސްޓްތައް ވަނީ އެ ހޮސްޕިޓަލުގައި ހަދައިފަ އެވެ.
Colonel@nazim7878@igmhmv#hapsnowpic.twitter.com/8hb6S9hLUA
— Muaviath Anwar (@Muaaviath)April 2, 2018
ނާޒިމް އައިޖީއެމްއެޗަށް ގެނައިސް ޑޮކްޓަރަށް ދެއްކި ކަން ކަރެކްޝަންލް ސާވިސްގެ މީޑިއާ އޮފިޝަލު އަހްމަދު ލުގްމާން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ކަރެކްޝަނަކުން ނުދެ އެވެ.
ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމްގެ މައްސަލަ ޝަރުއީ ތިން މަރުހަލާ ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.