28 Aug 2011, 11:44
މެންޗެސްޓާ ސިޓީއަށް އާއިލާ ގެނައުމަށް ފަހު އެކުލަބުގައި މަޑުކުރުމަށް ކާލޯސް ޓެވޭޒް ނިންމާފައިވާ ކަމަށް ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ. ޓެވޭޒް އަކީ މިދިޔަ ސީޒަނަށް ފަހު އެނބުރި މެންޗެސްޓާ ސިޓީއަށް ނާންނާނެ ކަމަށް ބުނި ކުޅުންތެރިއެކެވެ.
ޖޫންމަހު ޓެވޭޒް މެންޗެސްޓާ ސިޓީއަށް ޗުއްޓީއެއް ހޭދަކޮށްލުމަށް ވެސް ނާންނާނެ ކަމަށް ބުނި ނަމަވެސް 40 މިލިޔަން ޕައުންޑަށް ބްރެޒިލްގެ ކޮރިންތިއަންސްއިން ގެންދަން އުޅުން ނަމަވެސް ބްރެޒިލްގެ ޓްރާންސްފާ ޕީރިއަޑު ހަމަވުމުން އެކަން ވާގޮތްނުވެ، ޓެވޭޒްއަށް ވަނީ މެންސިޓީގައި މަޑުކުރަން ޖެހިފަ އެވެ. ޓެވޭޒް މަދުވެގެން އިތުރު އެއް އަހަރު ދުވަހު މެންސިޓީގައި މަޑުކުރާނެ ކަމަށް ކޯޗް މަންޗިނީ ގަބޫލު ކުރެ އެވެ.
"ޓެވޭޒްގެ އާއިލާ ވެސް މިހާރު ހުރީ މިތާ. އެހެންކަމުން ޓެވޭޒް ޓީމުގައި މަޑުކުރާނެ ކަމަށް ބެލެވޭ. މިއީ ޓީމަށް ލިބޭނެ އުފާވެރި ވަގުތެއް. ޓެވޭޒަކީ ޓީމުގައި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް،" މަންޗިނީ ބުންޏެވެ.
މެންސިޓީ ދޫކޮށް ޓެވޭޒް ދާން މަސައްކަތް ކުރުމުން ގެނައި އަގުއެރޯ އާއި ނަސްރީގެ ސަބަބުން ކުލަބު ދާން އިތުރަށް މަސައްކަތްކުރުމަކީ ބޭކާރުކަމެއް ކަމަށް ބުނެ ކުރިއަށް އޮތްތާ ޓެވޭޒް ފިޓްވެ ފުރަތަމަ އެގާރައިން ޖާގަ ހޯދާނެ ކަމުގެ ޔަގީންކަން ވެސް ކޯޗް މަންޗިނީ ދިނެވެ.
"އަދި ޓެވޭޒް މުޅިން ފިޓެއް ނޫން. ފީޓުވެ އޭނާ ފުރަތަމަ އެގާރައިން ޖާގަ ހޯދާނެކަމުގެ އުންމީދު ބޮޑު. މިފަހަރު ގެނައި އާކުޅުންތެރިންނާއި ޓެވޭޒްއާ އެކު އިތުރު ތަށިތަކެއް ކާމިޔާބުކޮށް އަންނަ އަހަރަށް ވެސް ވިސްނުން މުހިންމު." މެންސިޓީގެ ކޯޗް މަންޗިނީ ބުންޏެވެ.