ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދުން ދޫކޮށްލައިފި އެވެ.

ނާސިރާ ހައްޔަރުކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ނާސިރާ ގޭ ބަންދުން ދޫކޮށްލީ، ގޭބަންދުގައި ބަހައްޓަން މިދިޔަ މަހުގެ 17ގައި ކްރިމިނަލް ކޯޓުން ކުރި 15 ދުވަސް ހަމަވުމާ ގުޅިގެންނެވެ.

ހައްޔަރުކުރިތާ 51 ދުވަސް ފަހުން އޭނާ މިނިވަން ކޮށްފައިވާއިރު، ނާސިރާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.