27 May 2010, 05:12
10:00
ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢްލޫމާތު ދިނުމަށް ބާއްވަން ހަމަޖެއްސި ޚާއްޞަ ޖަލްސާ، އަންނަ އާދީއްތަ ދުވަހު ހެނދުނު ބާއްވާގޮތަށް ހަމަޖައްސަވައިފި އެވެ.
އެ ދުވަހު ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ އެޖަލްސާގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުވައިދެމުން ގެންދާ އެކި ޚިދްމަތްތަކާއި، ރައްޔިތުންނަށް އެކަމުން ލިބެމުންދާ ލުއިފަސޭހަތަކާ ބެހޭގޮތުން މަޢްލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަ ދައްކަވާނެ އެވެ. އަދި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ މައްޗަށް މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލު ވާހަކަ ދައްކަވާނެ އެވެ. އަދި ހައުސިންގއާ ބެހޭގޮތުން މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް ވާހަކަފުޅު ދައްކަވާނެ އެވެ.
މިޖަލްސާއަށް ޢާންމުކޮށް ދަޢުވަތު ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.