ސީހައުސްގެ ޑެލިވަރީއަކަށް ހަމަލާދީފައިވާ ކަމަށް އެ ރެސްޓޯރެންޓުން ބުނެފި އެވެ.

ސީހައުސްގެ ރަސްމީ ފޭސްބުކް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރޭގެ ވަގުތެއްގައި އެ ތަނުގެ މުވައްޒަފަކު ހިފަހައްޓައި ބަޔަކު ހަމަލާދީފައިވާ ކަމަށެވެ.

އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސީހައުސްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައި ވަނީ ރޭގެ ވަގުތެއްގައި ޑެލިވަރީ ހިފައިގެން ދިޔަ އެ ތަނުގެ މުވައްޒަފަށް ބަޔަކު ބިރުދައްކާފައިވާ ކަމަށެވެ. އަދި އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ބޮޑަށް ބެލެވެނީ އޭނާ ގެންދިޔަ ކާއެއްޗެއްހި އަތުލަން ކަމަށް މަސައްކަތް ކުރީ" އޮފިޝަލް ބުންޏެވެ.

ސީ ހައުސްގެ ފޭސްބުކް ޕޭޖްގައި މި އަމަލު ސިފަކޮށްފައި ވަނީ"ނާތަހުޒީބު" އަމަލެއްގެ ގޮތަށެވެ.

އަނިޔާވެފައި ވަނީ ބިދޭސީއަކަށްކަން ވަނީ އެނގިފަ އެވެ.