"ފުޓުބޯޅަ ފޯރި"ގެ ނަމުގައި 500،000 ރުފިޔާގެ އިނާމުތަކެއް ލިބޭ މުބާރާތެއް އުރީދޫ އިން ތައާރަފްކޮށްފި އެވެ.

އުރީދޫ އިން ބުނީ، މިއަދު ތައާރަފް ކުރި އެ މުބާރާތަކީ އެސްއެމްއެސް މެދުވެރިކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާ އެކު، އުރީދޫ އިން ތައާރަފް ކުރި މުބާރާތެއް ކަމަށެވެ.

ޖުލައި 29ގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި، ކޮންމެ ހަފްތާއެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިއަކަށް "އައިފޯން އެކްސް"އެއް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި ކޮންމެ މަހަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިޔާއަށް "ޕީއެސް4 ޕްރޯ އަކާ އެކު 55" ސެމްސަންގް ކާވްޑް ފުލް އެޗްޑީ ޓީވީ"އެއް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ފުޓުބޯޅަ ފޯރީގައި ބައިވެރިވަނީ ކިހިނެއް؟

  • 4242 އަށް ‘GO’ ޖަހާފައި އެސްއެމްއެސް ފޮނުއްވާ

  • ކޮންމެ ބައިވެރިއަކަށް ވެސް އަކުރުތަކެއް އެކުލެވޭ އެސްއެމްއެސްއެއް ލިބިގެންދާނެ.
  • އެ އަކުރުތައް ބޭނުންކޮށްގެން ބަސް ހެދުމަށް ފަހު 4242 އަށް އެސްއެމްއެސް ކުރައްވާ.
  • ތިން އަކުރުގެ ނުވަތަ އެއަށް ވުރެ ދިގު، ސައްހަ ބަހެއްކަމުގައިވާ ނަމަ، އެބަހުގައި ހިމެނޭ ކޮންމެ އަކުރަކަށް 100 ޕޮއިންޓް ލިބިގެންދާނެ.
  • ލިބިފައިވާ އަކުރުތައް ބަދަލުކުރެއްވުމަށް، “CHANGE" ނުވަތަ “NEXT” ޖެހުމަށް ފަހު 4242 އަށް ފޮނުއްވާ. އަކުރުތައް ބަދަލުކުރައްވާ ކޮންމެ ފަހަރަކު ވެސް އިތުރު 500 ޕޮއިންޓް ލިބިގެންދާނެ.

އުރީދޫ އިން ބުނީ، ފުޓުބޯޅަ ފޯރިއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ތަފްސީލު މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.