01 Apr 2018, 11:46
ބޮލީވުޑް ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް މި އަހަރު ފަހުކޮޅު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެެ ދެތަރިން އަންނަނީ މި އަހަރުގެ ސެމްޓެމްބަރު މަހާއި ޑިސެމްބަރު މަހާ ދޭތެރޭގައި ކައިވެނި ކުރުމަށް ތައްޔާތުވަމުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ދެތަރިންގެ ކައިވެނި ހަފްލާ އަށް ދައުވަތު އަރުވާނީ ގާތް މީހުންނަށެވެ.
އިންޑިއާ ޓުޑޭ ނޫހަށް ރަންވީރު ކުރިން ދިން އިންޓަވިއު އެއްގައި ބުނީ ކައިވެންޏާ ދޭތެރޭ ވިސްނަމުން އަންނަ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ކައިވެނި ކުރާނެ ކަމަށެވެ.
ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ.
މައުލޫމާތު: ދަ އިންޓަނޭޝަނަލް ނިއުސް