01 Apr 2018, 09:53
އަންކާރާ (01 އޭޕްރީލް): ފްރާންސްގެ ސިފައިން ސީރިއާއަށް ނުފޮނުވުމަށް ތުރުކީން އިންޒާރުދީފި އެވެ.
ތުރުކީގެ ޑިފެންސް މިނިސްޓަރު ނުރެތީން ކަނެކްލީ އިއްޔެ ވިދާޅުވީ ފްރާންސްގެ ސިފައިން ސީރިއާއަށް ފޮނުވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
"ފްރާންސްގެ ސިފައިން ސީރިއާގެ އުތުރަށް ފޮނުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުކަމެއް. ހަގީގަތުގައި އެއީ ގައުމަކަށް އަރައިގަތުން. ހާއްސަކޮށް ޓެރެރިސްޓް ޖަމާއަތްތަކަށް އެހީވުމަކީ ތޫފާނެއް އައުން ފަދަ ކަމެއް." ނުރެތީން ވިދާޅުވި އެވެ.
އުސްމާނީ ދައުލަތް ނައްތާލައި، ފްރާންސުން ވަނީ މިދިޔަ ގަރުނުގެ ކުރީކޮޅު ސީރިއާ އިސްތިއުމާރު ވެސް ކޮށްފަ އެވެ. އަދި ފްރާންސުން އޭރު ސީރިއާއިން ފޭބީ ސީރިއާ ބައިބައިކޮށް ސީރިއާގެ ބައެއްގެ ގޮތުގައި އޭރުއޮތް ލުބްނާނުގެ ސަރަހައްދުގައި ވަކިވެރިކަމެއް ގާއިމުކޮށްފަ އެވެ.
ސީރިއާއިން ފްރާންސަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދިނީ ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް މަދަދު ދެއްވާނެ ކަމަށް ފްރާންސްގެ ބޮޑުވަޒީރު އިމާނުއަލް މެކްރޮން ވިދާޅުވުމުންނެވެ.
މެކްރޮންގެ ވާހަތަކާ ގުޅިގެން ތުރުކީއާ ފްރާންސްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
އޮޕަރޭޝަން އޮލިވް ބްރާންޗް"ގެ ނަމުގައި ތުރުކީން ސީރިއާގެ އަފްރިން އަށް ހަމަލާދޭން ފެށީ ކުރުދީން ސީރިއާގައި ވަކި ދައުލަތެއް އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ އެވެ. ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި ތުރުކީގައި ހަރަކާތްތެރިވާ ކުރުދީންގެ ޕީކޭކޭ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމަށް ތުރުކީން އަބަދު ވެސް ބުނެ އެވެ. ކުރުދީން ދަނީ ތުރުކީގައި ވެސް ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަ ކުރަމުންނެވެ.
މަސްދަރު: ޕްރެސްޓީވީ