31 Mar 2018, 18:52
ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގު ފާއިތުވި އެއް އަހަރުގެ ތެރޭގައި 1.02 ޕަސެންޓް މަތިވެފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ، މަހުން މަހަށްއަޅާ ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ މިއަހަރުގެ ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓް 1.09 ޕަސެންޓު މަތިވެފައިވާ ކަމަށެވެ.
ފެބްރުއަރީ މަހު އަގު އުފުލުނު ބާވަތްތައް
- މަހުގެ ބާވަތްތަކުން 4.23 ޕަސެންޓް
- މޭވާގެ ބާވަތްތަކުން 6.09 ޕަސެންޓް
- ދުފާތަކެތިން 9.15 ޕަސެންޓް
- ގޭގެ ކުލިން 0.33 ޕަސެންޓް
- ވައިގެ މަގުންކުރާ ދަތުރުން 5.41 ޕަސެންޓް
- ގޭތެރޭގައި ބޭނުންކުރާ ހަރުމުދަލުން 0.87 ޕަސެންޓް
- ގެދޮރު މަރާމާތުކުރުމުގެ ހިދުމަތުން 1.48 ޕަސެންޓް
- ހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުގެ ހިދުމަތްތަކުން 0.28 ޕަސެންޓް
- ބޭހުގެ ބާވަތްތަކުން 0.38 ޕަސެންޓް
އަގު ދަށްވި ބާވަތްތައް
- ތަރުކާރީގެ ބާވަތްތަކުން 11.20 ޕަސެންޓް
- އަންނައުނުން 1.13 ޕަސެންޓް
- ފޮތިން 3.11 ޕަސެންޓް
- ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ ތަކެތިން 3.60 ޕަސެންޓް
- ކަރަންޓުން 0.31 ޕަސެންޓް
- ގެދޮރު މަރާމާތުކުރަން ބޭނުންކުރާ ސާމާނުން 0.35 ޕަސެންޓް
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ، މުޅިރާއްޖޭގެ އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ދުންފަތާއި ދުފުމުގެ ބައިން ކަމަށެވެ. އަދި އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮއްފައިވަނީ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައިން ކަމަށެވެ.