31 Mar 2018, 13:19
މަޝްހޫރު ޓީވީ ދެ ތަރިން ކަމަށްވާ ރުބީނާ ދިލައިކްއާއި އޭނާގެ ލޯބިވެރިޔާ އަބިނޭވް ޝުކްލާ އަންނަ ޖޫން މަހު ކައިވެނި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެތަރިންގެ ކައިވެނި ކުރަން ނިންމާފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ޝިމްލާގައެވެ.
މަޝްހޫރު ގިނަ ޑްރާމާ ސިލްސިލާތަކުން ފެނިގެންގޮސްފައިވާ އެ ދެ ތަރިން ރަށްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
އަބިނޭވް އަދި ރުބީނާ ކައިވެނި ކުރުމުގެ އުފާވެރި ހަބަރު ހިއްސާކޮށްފައިވަނީ އެ ދެތަރިންގެ އިންސްޓަގްރާމް އެކައުންޓްގައެވެ.
ކަލާސް ޓީވީ އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސިލްސިލާ ޝަކްތީ އަސްޓިޓްވާ ކޭ އެހްސާސް ކީގައި ހަރަކާތްތެރިވަމުންނެވެ. އަބިނޭވް އެންމެ ފަހުން ފެނިގެންދިޔައީ އާނަންތް މަހާދޭވަންގެ ފިލްމު "އަކްސަރު 2" އިންނެވެ.