30 Mar 2018, 11:02
މަޝްހޫރު ބަޠަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް ބޮލީވުޑަށް ނުކުންނާނީ ބަތަލު ސޫރަޖް ޕަންޗޯލީ އާއެކު ކަމަށް އޭނާ ބުނެފިއެވެ.
"ހީރޯ" ފިލްމުގައި ކުޅަދާނަ އެކްޓިން އެއް ދައްކުވައިދީފައިވާ ސޫރަޖް ބުނީ ރޭމޯ ޑި ސޫޒާގެ "ޑާންސް" ފިލްމަކުން އޭނާއާ އެކީ ފެނިގެންދާނީ ކެޓްރީނާގެ ކޮއްކޮ ކަމަށެވެ.
ސޫރަޖް ބުނީ ނެށުމުގެ ހާއްސަ ހުނަރު ދަސްކުރަމުން އަންނަތާ މިހާރު އަހަރެއް ވެދާނެ ކަމަށާއި މިހާރު ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ތަނަވަސްވެފައިވާ ކަމަށެވެ.
އަންނަ އޭޕްރިލް މަހު ލަންޑަންގައި އެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް އިޒަބެލް ޖަވާބު ދެމުން ބުނީ ފިލްމުގެ މަންޒަރުތައް ނެގުމަށް ކެތްމަދުވެފައިވާ ކަމަށާއި އޭނާގެ ފުރަތަމަ ހިންދީ ފިލްމު ކުޅެލަން ވަރަށް ބޭނުންވާ ކަމަށެވެ.
"ވަރަށް ލުކް ފޯވާޑް ކުރަން އެބަ ފިލްމަށް. ޝޫޓިން ލަންޑަންގައި ކުރިއަށް ދާނީ. 50 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް ބެލެވެނީ. އަބަދުވެސް ބޭނުންވޭ އަހަރެންގެ ކްރިއޭޓިވް ސައިޑް މީހުންނަށް ދައްކަން. އަބަދުވެސް ބޭނުން ފިލްމު ކުޅެން،" އޭނާ ބުންޏެވެ.
މައުލޫމާތު: ހިންދުސްތާން ޓައިމްސް