30 Mar 2018, 10:17
ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކޮށް، އޭނާ ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ޕަރީ' ރަޝިޔާގައި ރިލީޒް ކުރުމަށް ހަމަޖެހިއްޖެ އެވެ.
އަނުޝްކާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ރަޝިއާގައި ފިލްމު ރިލީޒް ކުރާނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް އުފާވެފައި ހުރި ކަން އަނުޝްކާ ވަނީ ފާހަގަ ކޮށްފައެވެ.
'ޕަރީ' އަކީ އަނުޝްކާގެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި ތިން ވަނަ ފިލްމެވެ. ބޮކްސްއޮފީހުގައި ބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް، އެ ފިލްމަށް ބެލުންތެރިންނާ ކްރިޓީކުން ވަނީ ތައުރީފުކޮށްފައެވެ.
އަނުޝްކާ، ޕަރަމްބްރާތާ ޗެތަރްޖީ، ރަޖަތު ކަޕޫރު އަދި ރިތާބަރީ ޗަކްރަބޯޓީ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު 'ޕަރީ' ޑައިރެކްޓުކޮށްފައި ވަނީ ޕްރޮސިތު ރޯއީ އެވެ.
އިންޑިއާގައި އެ ފިލްމު ރިލީޒް ކުރީ މާޗު މަހުގެ ދެވަނަ ދުވަހު އެވެ.