ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމު އުފައްދައި، އެ މަގާމަށް ބޭފުޅަކު މިއަދު އައްޔަނުކޮށްފިއެވެ

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް، ކުންފުނީގައި ޑެޕިއުޓީ އެމްޑީއެއްގެ މަގާމު އުފައްދާފައިވާ ކަމަށެވެ.

އެ މަގާމަށް އައްޔަނުކޮށްފައިވަނީ މ. ހަޒާރީވިލާ، މުހައްމަދު ލަމްއާނެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، އެކްޓިންގް މެނޭޖިންގް ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކުންފުނި ހިންގުމުގެ މަސްއޫލިއްޔަތު، ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކުރި މުހައްމަދު ލަމްއާނާ ހަވާލުކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރުމުގް މެނޭޖިންގް ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ.

އެހެންކަމުން ފެނަކަ ހިންގުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އެވެ.